ފެނަކައިން ބުނީ މި ޕްރޮގްރާމަކީ އެ ކުންފުނީގެ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗާއި، ޖަމްއިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓް ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.
"އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކުންފުނީގެ އިސްވެރިންނަށް ބޭނުންވާ އިދާރީ ހިންގުމުގެ އިރުޝާދުތައް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އޭގެއިތުރުން މުވައްޒަފުންގެ މަސައްކަތުގެ އަހްލާޤާއި ސުލޫކު އިސްލާޙުކޮށް ހަރުދަނާކުރުމުގެ މައްޗަށްވެސް މި ޕްރޮގްރާމްގައި ތަމްރީނު ދޭނެކަމަށް ފެނެކައިން ބުނެއެވެ. މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފެނަކައިގެ ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް، ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ވަރަށް ފުޅާ ހަރަކާތެއްކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިގެ މުވައްޒަފުންނަށް ފެށި ދީނީ ޕްރޮގްރާމްގައި ޝެއިހް ސަމީރު މައުލޫމާތު ދެއްވަނީ
ފެނަކައިގެ މުވައްޒަފުންނަށް ދޫނީ ޕްރޮގްރާމެއް ހިންގަން ފަށާފައި މިވަނީ އެތަނުގައި މުވައްޒަފުން އަދަދު ގިނަ ތަނުން މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި އެތަނުން 8000 މުވައްޒަފުން އުޅޭއިރު ދުވސް އެއްކޮށް ކޮފީގައި އުޅޭ މުވައްޒަފުން ތިބިކަމަށް އެތަނުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހަސަން ދާދި ފަހުން ވިދާޅުވެފައިވެސް ވަނިކޮށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;