ފުލުހުން ބުނީ މިއަދު 18:37 ހާއިރު ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިނގާކަމުގެ ރިޕޯޓު އެ ހިދުމަތަށް ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި އުމުރުން 21 އަހަރާއި 34 އަހަރުގެ ފިރިހެނަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ.
އަނިޔާވި މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި މީހަކު މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، އެ މާރާމާރީގައި އަނިޔާވި އެކަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އެވެ. އެޗްޑީސީގެ ވަޒީފާއަށް އޭނާ އައްޔަންކުރީ ޖެނުއަރީ 2024ގަ އެވެ.
އިސޫއަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުތަކެއް ކުރެވުނު މީހެކެވެ. ރިލްވާންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ވެސް އުފުލި އެވެ.
ނަމަވެސް ހެކި ނެތް ކަމަށް ބުނެ 2023 ވަނަ އަަހަރު ކޯޓުން ވަނީ އެ ދައުވާތައް ބޭރުކޮށްލާފަ އެވެ. އޭރު އިސްމާއިލް ހުރީ ފައިގައި ޓެގް އެޅުވުމަށް ފަހު ގެއަށް ދޫކޮށްލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;