ކްރިމިނަލް ކޯޓުން މިއަދު އޭނާ ބަންދުން ދޫކޮށްލީ ޕާސްޕޯޓް ހިފަހައްޓައި އަދި ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނުކުތުމަށް އަމުރުކުރުމަށްފަހުއެވެ.
އިސޫގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދެ ދައުވާއެވެ.
މީގެ ކުރިން ވަނީ މި މައްސަލާގައި ތުހުމަތުވާ އަހްމަދު އިސްމާއިލް (އަހަނދު) ވެސް ބަންދުން ދޫކޮށްލައިފައެވެ. އޭނާ ވެސް ހުރީ ޓެގް އަޅުވާފައެވެ.
އަހަނދަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އަހްމަދު މުއާޒް (ގަޓު މުއާ) ގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއެވެ.