ads
މާފުށި ޖަލު
މާފުށީ ޖަލު ބަލައި، ފާސްކުރަން އޮޕަރޭޝަނެއް ފަށައިފި
މާފުށީ ޖަލު ބަލައި، ފާސްކުރަން އޮޕަރޭޝަނެއް ފަށައިފިއެވެ.
Advertisement

ކަރެކްޝަނުން ބުނީ އެ ސާވިސްއާއި  ފުލުހުން ގުޅިގެން، މާފުށީ ޖަލުގައި މިއަދު ސާޗްް އޮޕަރޭޝަނެއް ކުރިއަށް އެބަދާކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ކަރެކްޝަނަކުން ނުދެއެވެ. 

ގަވައިދާ ހިލާފަށް ޖަލަށް ގައިދީން ވައްދާ ތަކެތި ހޯދުމަށް ދޭތެރެ ދޭތެރެއިން ފުލުހުންނާއު ކަރެކްޝަންސް ގުޅިގެން ޖަލުގައި އޮޕަރޭޝަންތައް ހިންގަމުން އާދެއެވެ. 

ގައިދީން ޖަލަށް ވައްދާ ތަކެތި ބަލަން ޖަލުގައި ސްކްރީނިން މެޝިނެއް ބޭނުންކުރަންވެސް ދާދި ފަހުން ވަނީ ފަށާފައެވެ. 

މި މެޝިން މެދުވެރިކޮށް ޤައިދީންނާއި ބަންދުމީހުން ޖަލަށް އަލަށް އަންނަ އިރު ގެންނަ ތަކެތި، އެފަރާތްތަކަށް އާއިލާއިން ފޮނުވާ ތަކެތި އަދި އާއިލީ އާއި އެކަހެރި ބައްދަލުވުންތަކަށް ޖަލަށް ޒިޔާރަތްކުރައްވާ ފަރާތްތަކުގެ ތަކެތި ސްކްރީން ކުރެވޭނެކަމަށް ކަރެކްޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;