ads
އިސޫ
އިސްމާއީލަށް ހަމަލާދިން މީހާގެ ބަންދަށް 5 ދުވަސް
އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލް އަބްދުއްރަހީމް (އިސޫ)އަށް ތޫނު އެއްޗަކުން ރޭ ހަމަލާދިން މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.
Advertisement

އިސޫއަށް ހަމަލާދީނީ ހިއްކައިގެން ހުޅުމާލޭގެ ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ފަރުކޮޅުފުށީގައި ރޭ ގައެވެ. 

ފުލުހުން ބުނީ ރޭ އިރާކޮޅުން ހިނގި މާރާމާރީގައި އިސޫގެ އިތުރުން އުމުރުން 21 އަހަރުގެ ފިރިހެނަކަށް އަނިޔާވެ ފަރުވާދިންކަމަށެވެ. އަދި އެމީހާ ފަރުވާއަށް ފަހު ދޫކޮށްލުމުން ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. 

އެ މާރާމާރީގައި އަނިޔާވި އިސްމާއިލް އަބްދުއްރަހީމް (އިސޫ)  އެޗްޑީސީގެ ވަޒީފާއަށް އައްޔަންކުރީ ޖެނުއަރީ 2024ގަ އެވެ.

އިސޫއަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުތަކެއް ކުރެވުނު މީހެކެވެ. ރިލްވާންގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާއެއް ވެސް އުފުލި އެވެ. 

ނަމަވެސް ހެކި ނެތް ކަމަށް ބުނެ 2023 ވަނަ އަަހަރު ކޯޓުން ވަނީ އެ ދައުވާތައް ބޭރުކޮށްލާފަ އެވެ. އޭރު އިސްމާއިލް ހުރީ ފައިގައި ޓެގް އެޅުވުމަށް ފަހު ގެއަށް ދޫކޮށްލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;