މިއީ، މަސްތުވާތަކެތީގެ މައްސަލައެކެވެ. ރާއްޖޭގެ އެންމެ އުތުރުގެ އެއް އަތޮޅުގައި ހިނގި ހާދިސާއަކާ ގުޅޭ މި ކޭސްގައި ދަރިއާ ދެކޮލަށް ދައުވާ ދިން މީހުންގެ ތެރޭގައި ބައްޕަ، އަދި ކޮއްކޮއާއި ޅިޔަން ފަހަރިން ހިމެނެއެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ މި ދައުވާގެ ހުކުމް، މި ހާދިސާ ހިނގި ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މި މައްސަލައިގައި ދައުވާ ލިބުނު ދިވެހި ފިރިހެން މީހާވަނީ ޝަރިއަތުގައި، އޭނާއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތު ކުރީ ދައުވާ ލިބޭ މީހާގެ ބައްޕަވެސް ހިމެނޭހެން ދައުލަތުން ހުށަހެޅި ހެކިންގެ ބަހުންނެވެ.
މި މައްސަލައިގައި ކޯޓުން އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާގެ ޖޫރިމަނާއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;