ads
ހެލްތު މިނިސްޓަރު ގީލާ އަލީ މަޖިލިސްގައި
މެންޓަލް ހޮސްޕިޓަލް އަޅަނީ ހުޅުމާލޭގައި
މެންޓަލް ހެލްތު ހޮސްޕިޓަލު އަޅަން ހުޅުމާލޭން ބިމެއް ކަނޑައަޅައިފައިވާ ކަމަށް، ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
Advertisement

މެންޓަލް ހޮސްޕިޓަލެެއް އެޅުމަށް މިދިޔަ ސަރުކާރުންވެސް ނިންމިއެވެ. އެހެންނަމަވެސް ސަރުކާރު ނިމުނުއިރުވެސް އެ ހޮސްޕިޓަލް އެޅިފައިނުވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މެންޓަލް ހޮސްޕިޓަލެއް އަޅަން ވައުދުވެވަޑައިގެންފައެވެ. ރައީސް މުއިއްޒު އެ ހޮސްޕިޓަލް އަޅަން ނިންމެވި ލ. އަތޮޅު ގަމުގައެވެ.  

ލޯނު ނުލިބިގެން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މާލޭގައި އެ ހޮސްޕިޓަލް އަޅަން ނިންމިކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، މެންޓަލް ހެލްތު ހޮސްޕިޓަލް އިމާރާތްކުރަން 10,000 އަކަފޫޓުގެ ބިމެއް މިހާރު ކަނޑައަޅައިފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އަޅާ މެންޓަލް ހޮސްޕިޓަލް މާލޭގައި އަޅަން ޖެހުނު ސަބަބަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނައިން ވެރިރަށް މާލޭގައި ތިބިމުންކަމަށެވެ. އެގޮތުން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް މިދިޔަ ޖެނުއަރީ މަހުން ފެށިގެން އާސަންދަ ހަމަޖައްސައިދިން ފަހުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 10،954 މީހަކު އެ ބަލީގެ އެކި ފަރުވާތައް ހޯދާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން 8،000 ވުރެ ގިނަ މީހުން ފަރުވާ ހޯދީ މާލެ ސަރަހައްދުން ކަމަށް ރައީސް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;