ސޯޝަލް މީޑިއާގައި ރާޝިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އަންހެނެއްގެ އަދި ކޮންމެ ކުޑަ ކުއްޖެއްގެ އަސާސީ ބޭނުންތަކާއި ހައްގުތައް ފުރިހަމަ ކޮށްދީ ރައްކާތެރި ކޮށްދިނުމުގެ ދީނީ ޒިންމާ އަދާ ކުރަން ޖެހޭ ބަލަދުވެރިއެއް ހުންނާނެ ކަމުގަ އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މުދާ ބަހާ ދުވަހު، މި ބަލަދުވެރިޔާ ހުރި ތާކުން ހޯދައިގެން ވެސް ކޯޓުން ގެނެސް މުދާ ހަވާލު ކުރާނެ ކަމަށާއި އޭނާގެ ޒިންމާ އަދާކުރަން ބާރު އަޅާ މީހަކު ނޫޅޭކަމުގައި އެވެ.
ނިކަމެތި މަންމައިންނަށާއި ޅަދަރިންނަށް ދައުލަތުން އެހީވެދިނުމަކީ މުޅިން އެހެން ކަމެއް ކަމަށް ފަހަގަ ކުރަމުން ރަޝީދު ވިދާޅުވީ ބައްޕައިންގެ ދުވަސް ފާހަގަކޮށް ނިމުނުއިރު ބައްޕަ ފެންނަން ނެތް ކުދިންނާއި، ބައްޕަ ދުނިޔެ ދޫކޮށްފައިވާ ކުދިންނާއި، ބައްޕައެއްގެ އަޅާލުން ނުލިބޭ ކުދިން ވެސް އިހުސާސްތަކެއް ކުރާނެކަން ޔަގީން ކަމުގަ އެވެ.
ރާޝިދާ ވިދާޅުވި ގޮތުގައި އެކަނިވެރި މައިން ދިވެހި މުޖުތަމައަށް ތައާރަފްކުރީ ޒިންމާދާރުކަން ކުޑަ ބަލަދުވެރިން ކަމަށެވެ.
އޭނާ އިޝާރާތްކުރައްވާފައި އެ ވަނީ ކައިވެނި ރޫޅި ނުވަތަ އަނބި/ފިރި މަރުވެފައިވާ މީހުންނަށް ދައުލަތުން އިނާޔަތް ދޭން ފެށުމަށް ކަމަށް ބެލެވެ އެވެ.
އޭނާ އެހެން ވިދާޅުވެފައިވާ އިރު އެކަނިވެރި މައިންނާއި ބަފައިންނަށް މީގެ ކުރިން ދެމުން އައި 1،000ރ. މި ސަރުކާރުން ވަނީ ކުއްޖަކަށް 3،000ރއަށް ބޮޑުކޮށްފައި އެވެ. އެއް ކުއްޖަކު ބަލަހައްޓާ ނަމަ މަހަކު 3،000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;