އެމަޒޯން ޕްރައިމް ވީޑިއޯ އާއި ބަނިޖޭ އޭޝިއާ ގުޅިގެން އުފައްދާ "އެލަޔަންސް" ކިޔާ މި ރިއަލިޓީ ޝޯއަކީ އެކުވެރިކަމާއި އިތުބާރު ނައްތާލައި، އެކަކު އަނެކަކަށް ލަނޑުދިނުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ވަރަށް ތަފާތު ޝޯއެކެވެ. ބޮލީވުޑްގެ އެކްޓަރު ކުނާލް ކެމްމޫ ހޯސްޓްކުރާ މި ޝޯ ބެލުންތެރިންނަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.
މި ޝޯގައި ޖުމްލަ 16 ސެލެބްރިޓީން ބައިވެރިވާއިރު، އެ އެންމެންވެސް ޝޯއަށް ވަންނާނީ ދެ މީހުންގެ އަށް ޕެއާގެ ގޮތުގައެވެ. ޝޯގެ މައިގަނޑު ގަވާއިދަކީ އެންމެ އިތުބާރުކުރާ މީހަކާ އެކު ގޭމް ފެށި ނަމަވެސް، ޝޯގެ ތެރެއިން ދިމާވާ ކުއްލި ގޮންޖެހުންތަކާއި "ދަ ސިސްޓަމް" ގެ ނިންމުންތަކުގެ ސަބަބުން އެ އިތުބާރު މުގުރާލައި، އެކަކު އަނެކަކަށް ހިޔާނާތްތެރިވާން މަޖުބޫރުވުމެވެ. ރަވީ ކިޝަން އާއި އޭނާގެ ދަރިފުޅު ރީވާގެ އިތުރުން ކުޝާލް ޓަންޑަން، މިނީ މާތުރް އަދި ޑޭޒީ ޝާ ފަދަ މަޝްހޫރު ތަރިންވެސް އެ މީހުންގެ އެންމެ ގާތް މީހުންނާ އެކު މި ބޮޑު ކޮޅިގަނޑާ ކުރިމަތިލާނެ އެވެ.
މި ޝޯއާ ބެހޭ ގޮތުން ޕްރޮމޯޝަން ބަޔާންތަކުގައި ބުނެފައިވަނީ، މިއީ އާދައިގެ ހިތްހަމަޖެހޭ މުބާރާތްތަކަށް ލޯބިކުރާ މީހުންނަށް ހަދާފައިވާ ޝޯއެއް ނޫން ކަމަށާއި، މިއީ އެންމެ ސިކުންތަކުންވެސް މުޅި ގޭމް ބަދަލުކޮށްލާނެ ފޯރިގަދަ ޑްރާމާއެއް ކަމަށެވެ. ޖޫން 26 އިން ފެށިގެން ކޮންމެ ދުވަހަކު މި ޝޯގެ އާ އެޕިސޯޑެއް ޕްރައިމް ވީޑިއޯ މެދުވެރިކޮށް ބެލުންތެރިންނަށް ފެންނާނެއެވެ. އަމިއްލަ ލޯބިވާ ދަރިފުޅާ ދެކޮޅަށް ރަވީ ކިޝަން ކުޅޭނެ މޮޅު ގޭމްތައް ބަލާލަން ސަޕޯޓަރުން މިހާރު ތިބީ ވަރަށް ބޮޑަށް ކެތްމަދުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;