ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލީހުގެ ހަ މެންބަރެއްގެ ދާއިރާތަކަށް، އިންޑިއާ ހައި ކޮމިޝަނުގެ ފަރާތުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފައިވާކަމަށެވެ. އަދި މި ތަކެތި ހަވާލުކުރުމަށް މިއަދު މަޖިލީހުގައި ރަސްމިއްޔާތެއް ބާއްވާފައިވާކަމަށެވެ.
މަޖިލިސް ރައީސް، އިންޑިއާއިން ދިން ލެޕްޓޮޕާއި ހަވާލުވަނީ
އިންޑިއާ އިން ދިން ލެޕްޓޮޮޕްތައް ލިބުނު ހަ މެމްބަރުންނަކީ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުالله އާއި ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބު އާއި މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު އާއި ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަފޫ ހާމިދު އަދި ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ އެވެ. މި މެމްބަރުންނަށް އިންޑިއާއިން ހަދިޔާކުރީ ކިތައް ލެޕްޓޮޕްކަމެއް ސާފެއް ނުވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;