ޒައިނާ ވަނީ މެލޭޝިއާގެ އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފަ އެވެ. އަދި އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައި ވެއެވެ.
ޒައިނާ އަކީ ބޭންކިން އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަރނަންސްގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ.
އެމް.އައި.ބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ސީނިއާ އޮފިސަރެއްގެ މަގާމުވެސް ވަނީ ފުރުއްވާފަ އެވެ.
ޕީސީބީ އަކީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ކުންފުނިތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަންތަނަށް ހެދުމަށް ޕީސީބީން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ.
އެ ބޯޑަށް މެމްބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އަދި ބޯޑަށް އައްޔަންކުރާ މެމްބަރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވަން ޖެހެ އެވެ.
ޕީސީބީ އެކުލެވެނީ 7 މެމްބަރުންގެ މައްޗަށެވެ. ޕީސީބީގެ މިހާރުގެ ރައީސަކީ މުޙައްމަދު ނިޒާރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;