ads
ޕީސީބީގެ ރައީސަކަށް އައްޔަންކުރި މުހައްމަދު ނިޒާރު
ޕީސީބީގެ ރައީސަކަށް އައްޔަނުކުރި ނިޒާރަށް މަޖިލީހުން ރުހުން ދީފި
ސަރުކާރު ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީގެ ރައީސަކަށް އައްޔަންކުރި މުހައްމަދު ނިޒާރަށް ރައްޔިތުން މަޖިލިހުން ރުހުންދީފިއެވެ.
Advertisement

ޕީސީބީގެ ރައީސްކަމަށް ނިޒާރު އައްޔަނު ކުރީ 30 އޭޕްރީލްގަ އެވެ.  އޭނާއަށް ރުހުން ހޯދަން ރައީސް ޑރ. މުހައްމދަު މުއިއްޒު މަޖިލިހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހުއެވެ. 

މަޖިލީހުގެ ޖަލްސާގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި  49 މެމްބަރުންގެ އިއްތިފާގުން ވަނީ ނިޒާރުުއަށް ރުހުންދޭން ފާސްކޮށްފައެވެ. 

ނިޒާރު ޕީސީބީގެ ރައީސްކަމަށް އައްޔަންކުރީ އެ ބޯޑްގެ ރައީސްގެ މަގާމުގައި ހުންނެވި ގއ. ދެއްވަދޫ ދޭލިޔާގެ، މުހައްމަދު އަނަސް އިސްތިއުފާދެއްވުމުންނެވެ.

އަނަސް ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަނު ކުރީ 13 މާޗު 2025 ގަ އެވެ. އޭނާ އެ މަގާމަށް މި ސަރުކާރުން ފުރަތަމަ އައްޔަނުކުރި ހަމްދީ އަގީލް 13 ފެބްރުއަރީ، 2025، ގައި އިސްތިއުފާ ދެއްވުމުންނެވެ. 

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ޖުމުލަ ހަތް މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ މެމްބަރުކަމަށް މެމްބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;