މިއުޒިކް އިންޑަސްޓްރީއާއި ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު ސިއްސުމަކީ މި ލަވައިގެ މައިގަނޑު އަޑަކީ އަކްޝޭ ކުމާރުގެ އަމިއްލަ އަޑު ކަމަށް ވުމެވެ. މި ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ވެލްކަމް" ފްރެންޗައިޒްގެ ތިންވަނަ ބަޔަށް ވާއިރު، މި މަހުގެ 26 ވާ ހުކުރު ދުވަހު މި ފިލްމު ސިނަމާތަކުގައި އަޅުވާނެ އެވެ.
މި ލަވަ ރިލީޒްވުމާއެކު ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ގިނަ ދުވަސްތަކަކަށްފަހު އަކްޝޭ ކުމާރު ލަވައެއް ކިޔާފައިވާއިރު، މި ލަވައިގެ މިއުޒިކާއި ބީޓްސްތައް ހަދާފައިވަނީ ވަރަށް ފޯރިގަދަ ގޮތަކަށެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ، "ތޭރާ ޕައިސާ މޭރާ ޕައިސާ" އަކީ ފިލްމުގެ މައިގަނޑު ޝައުގުވެރިކަން ދައްކުވައިދޭ އަދި ބެލުންތެރިން ނަށާލަން މަޖުބޫރުކުރުވާނެ ފަދަ ލަވައެއް ކަމަށެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން، މި ފިލްމަކީ ބޮޑު ބަޖެޓަކުން އުފައްދާފައިވާ އަދި ގިނަ ތަރިންތަކެއް ފެނިގެންދާނެ ފިލްމެކެވެ. އަކްޝޭ ކުމާރުގެ އާ ލަވައާއެކު ފިލްމަށް އޮތް އިންތިޒާރު މިހާރު ވަނީ ކުރިއަށްވުރެ ބޮޑުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;