ads
އެ ކުއްޖާ ދުއްވި ބަގީ މޫދުން ނަގަނީ
ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަގީއެއްގައި މޫދަށް ވެއްޓި މަރުވެއްޖެ
އދ. ހަންޏާމީދޫގައި، ނުކުޅެދުންތެރިކަން ހުންނަ 13 އަހަރުގެ ފިރިހެން ކުއްޖަކު ބަގީއަކަށް އަރައި ދުއްވަން އުޅެނިކޮށް ކޮންޓްރޯލު ނުވެ ގޮސް ފަޅުތެރެއަށް ވެއްޓި  މަރުވެއްޖެއެވެ.
Advertisement

މި ހާދިސާގައި މަރުވީ، އދ ހަންޏާމީދު / ޑެއިޒީވިލާ އުމުރުން 13 އަހަރުގެ އަލީ އަނަސް ބިން މުހައްމަދު އަރީޝްއެވެ.

އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރު ހިނގި މި ހާދިސާގައި އެ ކުއްޖާ މަރުވީ ބަނދަރު މަތި އޮތް ބަގީއެއްގައި ތަޅުދަނޑި ޖަހާފައި ހުއްޓާ އެ ކުއްޖާ ބަގީއަށް އަރައި ދުއްވާލިތަނާ ރަށުގެ ބަނދަރަށް ވެއްޓިގެންނެވެ.

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ މަރުވީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށްކަމަށެވެ. އަދި ކުއްޖަ ބަގީއާއި އެކު ވެއްޓުނު ވަގުތު ބަނދަރުގައި އޮތް ދޯންޏެއްގައި އެ ކުއްޖާ ބޯޖެހި ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވަކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

މި ހާދިސާ ތަހުގީގުކުރުމަށް އެ ކަން ހިނގި ސަރަހައްދުގައި އަދިވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ތަހުގީގަށް ބޭނުންވާ ޓެސްޓްތަައް ހަދައި ސާމްޕަލް ނެގުމަށް ފަހު ރޭ 12 ޖެހިއިރު އެ ކުއްޖާގެ ޖަނާޒާ ވަނީ ބާއްވަފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;