ads
މި އަހަރުގެ ވޯލްޑްކަޕްގައި މެސީ ވަނީ މިހާތަނަށް ހަތަރު ގޯލު ޖަހައިފަ
ޖޯޑަން މެޗުގައި މެސީ ފަށާނީ ބެންޗުން: ކޯޗު
ގްރޫޕް ޖޭގެ އެއްވަނަ ޔަގީންވެފައި އޮތް އާޖެންޓީނާއިން ޖޯޑަންއާ ދެކޮޅަށް ކުޅޭ ގްރޫޕްގެ ފަހު މެޗުގައި ކެޕްޓަން ލިއޮނަލް މެސީ ފުރަތަމަ 11 ގައި ނުހިމެނޭނެ ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.
Advertisement

އާޖެންޓީނާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އެ ދެ މެޗުގައި އާޖެންޓީނާ އިން ފަސް ގޯލު ކާމިޔާބުކޮށްފައިވާއިރު، އެ ހުރިހާ ގޯލެއް ވެސް ކާމިޔާބުކޮށްދިނީ މެސީ އެވެ. އެއާއެކު ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު ވެސް މިހާރު އޮތީ މެސީގެ އަތުގަ އެވެ. އެއީ 18 ގޯލެވެ.

"އަހަރެން ޖަވާބު މި ދެނީ ކަލޭ (ނޫސްވެރިޔާ) އަށް ވަރަށް ތެދުވެރި ޖަވާބެއް ބޭނުންވާނެތީވެ. މެސީ (ކުޅެން ނުކުންނާނީ) ތަންކޮޅެއް ފަހުން. މެސީ ފަށާނީ ބެންޗުން،" އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އަދި އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާއާ ބެހޭ ގޮތުން ސްކަލޯނީ ބުންޏެވެ.

ސްކަލޯނީ ހަގީގަތަށް އެހެން ބުނެފައި ވަނީ އުމުރުން 91 އަހަރުގެ އާޖެންޓީނާ ނޫސްވެރިޔާ އެންރިކޭ މަކާޔާ މާކޭޒަށް ޖަވާބު ދެމުންނެވެ. މިއީ މަކާޔާ ކަވަރުކުރަ 18 ވަނަ ވޯލްޑް ކަޕު ކަމަށްވުމާއެކު ސްކަލޯނީ އެއީ ތެދުތެދަށް ޖަވާބު ދޭން މަޖުބޫރު ސުވާލެއް ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުނީ ޖޯޑަން އަކީ ފަސް ޑިފެންޑަރުން ލައިގެން ކުޅޭ ޓީމަކަށް ވުމުން އެމީހުންގެ ރޭވުމަށް ބަލާފައި އާޖެންޓީނާގެ ކުޅުންތެރިންނާއި ރޭވުމަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ. 

ސްކަލޯނީ ވަނީ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނައި ނަމަވެސް އާޖެންޓީނާއިން ކުޅޭ ގޮތަށް ބަދަލު ނުގެންނާނެ ކަމަށްވެސް ބުނެފަ އެވެ.

އާޖެންޓީނާ އާއި ޖޯޑަން ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހެނދުނު ރާއްޖެގަޑިން 7 ޖަހާއިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;