ގޫގުލް އިން އިންވެސްޓްކޮށްގެން ހިތަދޫގައި ގާއިމުކުރާ ލޭންޑިން ފެސިލިޓީ ވެގެން ދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލްކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެ މަސައްކަތް މެނޭޖުކުރުމަށް ގޫގުލްއިން ވަނީ ޓެކްނިކަލް ޕްރޮގްރާމް މެނޭޖަރުގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފައެވެ. އެ ކުންފުނިން ބުނާ ގޮތުން އެ މަގާމަށް މީހެއްގެ ދައުރަކީ އިންޑިއާ ކަނޑުގެ ސަރަހައްދަށް ހާއްސަ ކޭބަލް ލޭންޑިން ސްޓޭޝަން (ސީއެލްއެސް) އާއި އައުޓްސައިޑް ޕްލާންޓް އޮޕަރޭޝަންސް (އޯއެސްޕީ) ގާއިމްކުރުމުގެ އެންމެހާ މަސައްކަތްތަކާ ގުޅޭ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބަލައި ކަމާ ގުޅޭ ފަރާތްތަކުުގެ މެދުގައި ކުރަންޖެހޭ މުއާމަލާތްތައް ހިންގުމެވެ.
މީގެއިތުރުން ކޭބަލް ސްޓޭޝަން ގާއިމްކޮށް ނިމި އޮޕަރޭޝަނަށް އައުމާ ހަމައަށް ކޮންސޯޓިއަމްގެ ޕާޓްނަރުންނާއި ޓެލެކޮމް އޮޕަރޭޓަރުންނާ މުއާމަލާތްކުރުމާއި މާލީ އަދި ރެގިއުލޭޓަރީ އެންމެހާ ކަންކަމެއްގައި ވެސް ގޫގުލްގެ ފަރާތުން މުއާމަލާތް ކުރާނީ އެމީހާކަމަށް އެ ކުންފުނިން ބުނެއެވެ.
މަގާމު ޝަރުތުތައް
މި މަޝްރޫއުގެ ސަބަބުން ރާއްޖެ ވެގެން ދާނީ އޭޝިއާ، އޯޝޭނިއާ، މެދުއިރުމަތި، ޔޫރަޕް އަދި އެފްރިކާ ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;