ads
ރައީސް މުއިއްޒު އަދި ހައުސިން މިނިސްޓަރު މުއްތަލިބް
ފްލެޓް ލިބޭ މީހުންގެ ލިސްޓުވެސް މިއަހަރުގެ ތެރޭ ނެރޭނަން: ރައީސް
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓްވެސް މިއަހަރުގެ ތެރޭގަި ނެރޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ފްލެޓާއި އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ ފްލެޓަށް އެދި 35،930 ފޯމު ހުށައަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. 

ނޫސްވެރިންނާއި ބައްދަލުކޮށް މިއަދު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބަލަންޖެހޭ ހުރިހާކަމެއް ބެލުމަށްފަހު ފްލެޓް ލިބޭ މީހުންގެ ލިސްޓް މިއަހަރުގެ ތެރޭގައި ނެރުއްވާނެކަމަށެވެ. އަދި އެކަންކަން ކުރާން ތާރީހުތައް އިއުލާންކުރައްވަމުން ގެންދަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

" ލިސްޓު ނެރޭ އިރުގައި އަޅުގަނޑުމެން އޭގައި ތަފްސީލުކޮށް ކަނޑައަޅާނަން މިސާލަކަށް ކޮން ފަރާތްތަކަށް ތަރުތީބަކާއި އެކީގައި. ކޮން ޕްރޮޖެކެޓެއްގެ ތެރެއިން ލިބޭ ފްލެޓްތަކެއް ތޯ. އެލަވެލަށްވެސް އަޅުގަނޑުމެން ބޭނުންވާ ތަފްސީލުތައްވެސް އިއުލާންކުރަން. ރައީސް މުއިއްޒު ވިދާޅުވިއެވެ.

 ރައީސް މުއިއިއްޒު ވިދާޅުވީ އެންމެ އިސްކަމެއް ދެއްވަނީ އެއްވެސް މީހެއްގެ ނުފޫޒެއްނެތި ފްލެޓައި ގޯތި ލިބޭ މީހުން ކަނޑައެޅުންކަމަށެވެ. އަދި ކުރިން ވަކި ބަޔަކު ބޭނުން ވެގެން ވަކި ބަޔަކަށް ގޯއްޗާއި ފްލެޓް ދިން ނަމަވެސް މި ސަރުކާރުގއި އެކަން ނުވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގައި ފްލެޓާއި ގޯތި ލިބޭނީ އެމީހަކަށް ހައްގުވާތީ ދޭ އެއްޗެއްގެ ގޮތުގައިކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;