ads
ބީއެމްއެލްގެ ފްލެޓުތައް އަންނަ މަހު އިމާރާތްކުރަން ފަށާނެ: ރައީސް
ގައުމީ ބޭންކު ބީއެމްއެލުން ފަންޑުކޮށްގެން އަޅަން ނިންމާފައިވާ ފްލެޓްތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ބީއެމްއެލުން  ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ޖުމްލަ 3،260 ފްލެޓުގެ ބިންގާ ވަނީ އަޅައިފައެވެ. މި ފްލެޓްތައް ތަރައްގީ ކުރަނީ ހުޅުމާލެ’ ފޭސް 1 އަދި 2، އަދި ވިލިމާލެގައި ކަމަށް ބީއެމްއެލުން ވަނީ ބުނެއެވެ.  

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން އަޅަން ނިންމާފައިވާ ފްލެޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށް ނިމޭނެކަަމުގެ ޔަގީންކަން އެބައޮތްކަަށެވެ. އެގޮތުން ބީއެމްއެލްއިން އަޅަން ނިންމާފައިވާ ފްލެޓްތަކުގެ އަމަލީ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެކަަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ބީއެމްއެލްގެ ފައިނޭންސް ހައުސިން ޕްރޮޖެކްޓްތަކެއް. މި މަޝްރޫއުތަކުގައި ވެސް އަމަލީ މަސައްކަތަށް ދިއުމަށް ދާންޖެހޭ ހުރިހާ ކަމެއް، މިއަދު ހެނދުނު އަޅުގަނޑު ތިކަން ބަލާލިއިރު ލިބިފައި އޮތް މައުލޫމާތަކީ މި އަންނަ މަހުގެ ތެރޭގައި އޭގެ ތެރެއިން އެއް ޕްރޮޖެކްޓް ފިޔަވަައި ހުރިހާ ޕްރޮޖެކްޓެއްގެ އަމަލީ ގޮތުން އަޅަން ފައުންޑޭޝަނަށް އަޅަންޖެހޭ ކޮންކްރީޓު އެޅި ފިޒިކަލް ވޯކު ފެށޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

މީގެކުރިން އެއްވެސް ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް އެ ދައުރުގެ ތެރޭގައި ނިންމި މީހުނާއި ހަވާކުރެވިފައި ނުވާއިރު މި ސަރުކާރުގެ އަމާޒަކީ އެކަން ބަދަލުކޮށް މި ދައުރުގެ ތެރޭގައި މީހުން ވެއްދުންކަމަށް ރައިސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;