އެންމެ ގިނައި ދިވެހިން އޮންލައިން ވިޔަފާރިކުރަމުން އަންނަ ޝީއިން އާއި ޓީމޫ ފަދަ ވެބްސައިޓްތަކުން ވިޔަފާރިކުރެވޭ މިންވަރު ވަކި އަދަދެއް ކަނޑައަޅެމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް ހެޔޮ ބަދަލުތަކެއް މި މަސް ނިމުމުގެ ކުރިން ގެންނާނެކަމަށް ގައުމީ ބީއެމްއެލްއިން ވަނީ މިމަހުގެ ކުރީކޮޅު ބުނެފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކާޑް ލިމިޓާއި ގުޅިގެން މި ހަފުތާ ނިމޭހާތާ ނުވަތަ އަންނަ ހަފުތާ ކުރީކޮޅު ބީއެމްއެެލްއިން އިތުރު ކަންކަން ތައާރަފުކުރާނެ ކަމަށެވެ.
މިދިޔަ މޭމަހުގެ ނިޔަލަށް މި އަހަރުގެ މިހާތަނަށް ޑެބިޓްކާޑާއި ކްރެޑިޓް ކާޑުން ހިންގި ރާއްޖެއިން ބޭރުގެ މުއާމަލާތުތަކަށް 198 މިލިއަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އިން ޖުމްލަ 345 މިލިއަން ޑޮލަރު (ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ވިއްކާފައިވާކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;