ކަސްޓަމްސް އިން އާއްމުރި ހިސާބުތައް ދައްކާގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ،247 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެއީ 116 މައްސަލައެއްގައި އަތުލައިގެން ތަކެއްޗެެވެ.
2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންގެ ނިޔަލަށް 324 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކަސްޓަމްސް ހިސާބުތަކުން ދައްކައެވެ. އަދި އެއީ 147 މައްސަލައެއްގައި އަތުލައިގެންތަކެތިކަމަށް ކަސްޓަމުން ބުނެއެވެ.
ކަސްޓަމްސްގެ ހިސާބުތަކުން ދައްކާއިރު 2019 އިން 2023 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗާ އަޅާބަލާއިރު، މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގަައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރެވެ.
އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 އިން 2023 އަށް ދިޔަ ފަސްއަހަރު އަތުލައިގަނެވުނު މަސްތުވާތަކެއްޗާ އަޅާބަލާއިރު، މިދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގަައި އަތުލެވުނު މަސްތުވާތަކެތީގެ މިންވަރު އިތުރެވެ.
ކަސްޓާމުން ބުނީ އެ މުއްދަތުގައި މަސްތުވާތަކެތީގެ މައްސަލައިގެ އަދަދު 27 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 31 އިންސައްތަ އިތުރު ކަމަށް ކަސްޓަމްސް ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;