ads
ރަސްމާލެ އޮންނާނެ ގޮތުގެ ކުރެހުމެއް
ރަސްމާލެ މަޝްރޫއަށް އަލުން ކޮންސަލްޓަންޓަކު ހޯދަނީ
ރަސްމާލެ މަޝްރޫއުގެ މާސްޓަޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
Advertisement

މިކަމަށް ކޮންސަލްޓަންޓެއް ހޯދަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް އިއުލާންކުރި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ރަސްމާލެ މަޝްރޫއަށް ކޮންސަލްޓަންސީ ދޭން ޝައުގުވެެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް ބައްދަލުވުމެއް ނޯންނާނެ ކަމަށާއި ބީލަމަށް ޕްރޮޕޯސަލް ތައްޔާރުކުރުމުގައި އިތުރު މައުލޫމާތެއް ނުވަތަ ސާފުކުރަން ބޭނުންވާ ކަމެއްވާ ނަމަ، އަންނަ އާދިއްތަ ދުވަހު މެންދުރު ފަހު 2:00 ގެ ކުރިން [email protected] އީ-މެއިލް ކުރުމަށް އެދޭ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދަން ހިއްކަމުންދާ ރަސްމާލޭގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މާސްޓާޕްލޭނެއް ހަދަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ވެސް ސަރުކާރުން މިދިޔަ އަހަރު ޑިސެމްބަރުގައި އިއުލާންކުރި އެވެ. 

އެޗްޑީސީން ހިސާބުތަކުން ދައްކާ ގޮތުގައި 1،150 ހެކްޓަރު ހިއްކަން ނިންމާފައިވާ ރަސްމާލޭގެ 43 ޕަސެންޓު ބިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. 

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފުރަތަމަ ބުރުގައި ރަސްމާލެއިން 15،000 ގޯތި ދޭން ވަނީ ނިންމައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;