އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖެއާއި އިންޑިއާ ދެމެދު އެފްޓީއޭއެއް ގާއިމުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފަ އެވެ.
އެއަށްފަހު، އެފްޓީއޭ ކުރިއަށްގެންދާނެ އުސޫލުތައް ކަނޑައަޅާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ.
ރައީސްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް މި އެއްބަސްވުމުގެ މަސައްކަތް ނިންމައި އަމަލުކުރަން ފެށުން ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެފްޓީއޭގެ ތެރެއިން ލިބޭ ގިނަ ލުއިތައް ހުރެ އެވެ. އޭގެތެރޭގައި، ޑިއުޓީ މާފުވުމާއި އެފްޓީއޭ ނޯންނަ ގައުމުތަކަށް ތަކެތި އެކްސްޕޯޓު ކުރެވޭނެ ގޮތްތަކާއި ދުނިޔެއަށް އަންނަ ލޮޅުންތަކުގައި އެފްޓީއޭގެ ބައިވެރިންނަށް ލިބޭނެކަން ސައީދު ފާހަގަކުރެއްވި އެވެ.
އިންޑިއާއެކު އެފްޓީ ހެދުމުގެ މަސައްކަތް ކުރާއިރު، މި ސަރުކާރުން ވަނީ ޗައިނާއެކު ވެސް އެފްޓީއޭ ހަދާފަ އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިހާރުވެސް ރާއްޖެއިން އެ ގައުމާއެކު ކުރަމުންދާ ވިޔަފާރީގެ މުއާމަލާތަކަށް 700 މިލިއަން ޑޮލަރު އަރަ އެވެ.
އަދި ރާއްޖެއާއި ތުރުކީާއިއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުން ސަރުކާރުން އެކުލަވާލާފައިވާ ކަމަށް ސައީދު ކުރިން ވަނީ ވިދާޅުވެފައި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;