އިންޑިއާގެ ކޯސްޓް ގާޑުން ބުނިގޮތުގައި ކޮމްޕާޓްމެންޓުތަކެއްގައި ފެންބޮޑުވެ، އެހީތެރިކަމަށް އެދިފައިވަނީ އެމްވީ ސިއްތާ ނަމަކަށް ކިޔާ ބޯޓެކެވެ. އޭރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ އިންޑިއާގެ ޓުޓިކޮރިން ބޭރުން ކަމަށް އެތަނުން ބުންޏެވެ.
އެހީއަށް އެދުމާ އެކު އިންޑިއާގެ ކޯސްޓް ގާޑް ޝިޕް "އަތުލްޔާ" އިން ހާއްސަ ބޯޑިން ޓީމެއް ފޮނުވައި އެހީވާން ފެށި ކަމަށާއި ބޯޓުގެ މާސްޓަރާއި ސެލްވޭޖް ކުންފުންޏަކާ އެކު ގުޅިގެން ކުރި މަސައްކަތުގައި ބޯޓުން ދިޔަ ހިއްކައި އަދި ދިޔަވުން ކޮންޓްރޯލް ކުރި ކަމަށް ބުނެފައިވެ އެވެ.
ބޯޓުގެ މާސްޓަރާއި ސެލްވޭޖް ކުންފުންޏަކާ އެކު ގުޅިގެން ކުރި މަސައްކަތުގައި ބޯޓުން ދިޔަ ހިއްކައި އަދި ދިޔަވުން ކޮންޓްރޯލް ކޮށް ބޯޓާއި އޭގައި ތިބި ފަޅުވެރިންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށް ބުނެފައި ވެއެވެ. މި ކާމިޔާބު މަސައްކަތަށް ފަހު ބޯޓު ޓުޓިކޮރިންއަށް ދަތުރުކުރުމަށް އެންގި ކަމަށް ވެސް ކޯސްޓްގާޑުން ބުނެފައި ވެއެވެ.
ޖެނެރަލް ކާގޯ އުފުލާ މި ބޯޓަކީ ދިގުމިނުގައި 57.52 މީޓަރު (188 ފޫޓް) އަދި ފުޅާމިނުގައި 10 މީޓަރު (33 ފޫޓް) ހުންނަ އުޅަނދެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;