ޒަކާތު ހައުސް އިން ބުނީ މިދިޔަ މޭ މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވަނީ ޖުމުލަ 7,587,956.14 ރުފިޔާކަމަށެވެ.. އަދި މޭ މަހުގެ ތެރޭގައި ޒަކާތު ފަންޑުން އެހީތަކަށާއި މަޝްރޫއުތަކަށް ޖުމުލަ 2,685,834.30 ރުފިޔާ ދޫކޮށްފައިވާކަމަށެވެ.
2026ވަނަ އަހަރުގެ މޭ މަހު މުދަލު ޒަކާތުގެ ގޮތުގައި 7.59 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ މޭ މަހު ލިބިފައިވަނީ 4.33 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 75.3 އިންސައްތައިގެ އިތުރުވުމެއްކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
މޭ މަހު އެންމެ ބޮޑު ޢަދަދެއް ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން ފަގީރުންނާއި މިސްކީނުންނަށް 1,483,960.50 ރުފިޔާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
މީގެ ތެރޭގައި ހިމެނެނީ:
މޭ މަހު ޒަކާތު ފަންޑުން ދޫކުރި ޖުމުލަ ފައިސާގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ ތިންބައި ހޭދަކޮށްފައިވަނީ ބޭސްފަރުވާގެ އެހީއަށްކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
ފީސަބީލިﷲ މަޝްރޫއުތަކަށް ދިން އެހީ:
ތައުލީމީ، ދީނީ އަދި އިލްމީ މަސައްކަތްތަކަށް ފީސަބީލިﷲ ބައިން ޖުމުލަ 1,037,236.42 ރުފިޔާ ހޭދަކޮށްފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ގުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތަކަށާއި ގުރުއާނުގެ އިލްމު ފެތުރުމަށް 753,239.02 ރުފިޔާ އާއި އިސްލާމީ ފޮތްތަކާއި ތައުލީމީ ތަކެތި ތަރުޖަމާކުރުމަށް 246,989.40 ރުފިޔާ އާއި މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް އެހީތެރިވުމަށް 37,008.00 ރުފިޔާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
މި މަސައްކަތްތަކަކީ އިސްލާމީ އިލްމު ކުރިއެރުވުމަށާއި، ތައުލީމަށް އެހީތެރިވުމުގެ އިތުރުން ދީނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;