މި އާއެކު، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަންގެ "ވަޒީފާ" ގެއްލުމުގެ ބިރުވަނީ ބޮޑުވެފަ އެވެ. ހަތަރު ފަހަރުގެ ޗެމްޕިއަނުން ޖަރުމަނު އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖާ ހިސާބުންނެވެ.
ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ނާގަލްސްމަން ބުނީ އޭނާއަކީ ކަންކަމުން ދުވެ ފިލާނެ މީހެއް ނޫން ކަމަށާއި ޖަރުމަނުގެ ގައުމީ ޓީމާއެކު ކުރިއަށްދާން ބޭނުންވާ ކަމަށެވެ.
2014 ވަނަ އަހަރު ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ފައިނަލަކާ ހަމައަށް ވާސިލުވުމުގައި ޖަރުމަނަށް ވަނީ ބޮޑެތި ނާކާމިޔާބީތަކެއް ކުރިމަތިވެފަ އެވެ. ނާގެލްސްމަން ޖަރުމަނު ޓީމާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2028 ގަ އެވެ.
މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ނާގެލްސްމަން ބުނީ މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ޖަރުމަނުން ކަމަށާއި ނަމަވެސް ޓީމަށް ދިމާވީ ނިންމާލުމުގެ މައްސަލަތަކެއް ކަމަށެވެ. އަދި އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ޖަރުމަނުން ޖެހި ގޯލު ކެންސަލް ކުރުމަކީ "ޖޯކެއް" ކަމަށްވެސް އޭނާ ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;