ads
ނޯވޭގެ ހާލަންޑް އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ފީފާ ވޯލްޑް ކަޕް: އައިވަރީ ކޯސްޓު ކަޓުވާލުމަށްފަހު ނޯވޭ އިން ގަދަ 16 އަށް
އައިވަރީ ކޯސްޓްގެ މައްޗަށް ނޯވޭ ކުރި ހޯދީ 2-1 ން
އާލިން ބްރައުޓް ހާލަންޑްގެ ގޯލުން އައިވަރީ ކޯސްޓް 2-1 އިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް ނޯވޭ ދަތުރުކޮށްފި އެވެ.
Advertisement

ނޯވޭ އިން ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. އެފަހަރު ނޯވޭ ބަލިވީ އިޓަލީ އަތުން 1-0 އިންނެވެ. މިއީ އޭގެ ފަހުން ނޯވޭ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.

ނޯވޭ އަށް މެޗުގައި ލީޑުނަގައިދިނީ 39 ވަނަ މިނިޓްގައި، އެންޓޯނިއޯ ނޫސާ އެވެ. ނޯވޭގެ ކެޕްޓަން، މާޓިން އޮޑެގާޑް އަރިމައްޗަށް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ނޫސާ ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ އައިވަރީ ކޯސްޓުގެ ކީޕަރު، ޔަހިއާ ފޮފާނާ އަތްމަތިން ގޮހެވެ.

ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އައިވަރީ ކޯސްޓުން ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު، އައިވަރީ ކޯސްޓްގެ ޑިފެންޑަރު އެމަނުއެލް އަގަބަޑޫ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ފުންމައިގެން އަރައި ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލް ކައިރިން ބޭރަށެވެ.

ދެވަނަ ހާފް ފަށައިގެން ފުރަތަމަ ނުރައްކާ ކުރީ އައިވަރީ ކޯސްޓުންނެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ، ޕެޕޭ ފޮނުވާލި ބާރު ހަމަލާ، ނޯވޭގެ ކީޕަރު އޯޖަން ނީލެންޑް ވަނީ ހުޝިޔާރުކަމާއެކީގައި ދިފާއުކޮށްފަ އެވެ.

your imageއައިވަރީ ކޯސްޓުގެ ތަރި އަމަދު ލަނޑު ޖެހުމަށް ފަަހު އުފާފާޅުކުރަނީ

އައިވަރީ ކޯސްޓުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 74 ވަނަ މިނެޓުގަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އަމަދު ޑިއާލޯ، ވަރަށް ރީތިކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، މި ގޯލް ކާމިޔާބުކޮށްދިނީ ނޯވޭގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހުގަ އެވެ.

ނޯވޭ މޮޅުކޮށްދިން ލަނޑު ޖެހީ އާލިން ހާލަންޑް އެވެ. މެޗުގެ 86 ވަނަ މިނިޓްގައި، ނޯވޭގެ އޮސްކާ ބޮބް ހުސްކޮށްލާފައި އޭރިއާތެރެއަށް ވަން އެ ޓީމުގެ ޕެޓްރިކް ބާގަށް ދިން ބޯޅަ، އޭނާ ވަނީ ރަނގަޅު ތަނަށް ހުސްކޮށް އެރި ހާލަންޑަށް ދީފަ އެވެ. ހާލަންޑް ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައި، ވޯލްޑް ކަޕްގައި އޭނާގެ ފަސް ވަނަ ލަނޑު ޖަހައިފަ އެވެ. 

ދެ ވަނަ ފަހަަރަށް އައިވަރީ ކޯސްޓަށް އެއްވަރުކޮށްދޭން އަމަދު ޖެހި ހިލޭ ޖެހުމެއް ކީޕަރު ނައިލަންޑް ވަނީ މަތަކޮށްފަ އެވެ. 

ގަދަ 16 ބުރުގައި ނޯވޭ ވާދަކުރަން ޖެހޭނީ ވޯލްޑް ކަޕް ފަސް ފަހަރަށް އުފުލައިލި ބްރެޒިލްއާ އެވެ. ބްރެޒިލް ގަދަ 16 ކަށަވަރުކުރީ ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާން އަތުން 2-1 ން މޮޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;