ވައިގެ މަގުން ރާއްޖެއަށް އެއް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ އިންޑިއާގެ ރައްޔިތެކެވެ. މި ތަކެއްވާއި ހަވާލުވާން ދިޔައީވެސް އިންޑިއާގެ ދެ މީހެކެވެ.
ފުލުހުން ވަނީ މި އެންމެވެސް އަތުލައިގަނެ ހައްޔަރުކޮށްފައެވެ. މި މައްސަލާގައި ހައްޔަރުކުރި އިންޑިއާ ތިން މީހުންނަކީވެސް ޒުވާނުންނެވެ. އެމީހުންނަކީ ރާހުލް ނިޝާދު، 23، އާއި އަނިލް ކުމާރު، 26، އަދި އާކާޝް ޔަދާވް، 36، އެވެ. މި އެންމެންގެ ބަނަދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެންވެސް ބަންދުގައި ބޭއްތިބުމަށް ކޯޓުން ވަނީ އަމުރު ނެރެފައެވެ.
މި އެންމެންގެ ބަންދަށް ކޯޓުން ޖަހާދިނީ ދެ ދުވަހެވެ. ސަބަބަކީ އެ މީހުންނަށް އަދި ތަރުޖަމާނަކު ހަމަޖެހިފައިނުވާތީކަމަށް ކޯޓްގެ އަމުރުގައިވެއެވެ.
ފަހަކަށް އައިސް އިންޑީއާއިން އަންނަ ޒުވާނުންގެ އަތުން ޑްރަގު ފެންނަމުންދާ މިންވަރު ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ގުރުއަތަކުން ހޮވިގެން ނަސީބުވެރިން ކަމަށް ބުނެ ބަޔަކު ރާއްޖެއަށް ފޮނުވި މީހުންކަމަށް އެ މީހުން ކޯޓުގައި ބުނެފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;