އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ވާގަސްގެ މައްޗަށް މޭރީ މަރާލިކަން ސާބިތުވެ އޭނާ އުމުރަށް ޖަލަށްލާން ހުކުމް ކުރީ މިއަދުއެވެ.
މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ، އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީ މަރާލި ކަމުގެ ތުހުމަތުގައި، އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ.
މާވިންގެ ލޯބިވެރިޔާ، އައިޖީއެމްއެޗުގެ ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާނު މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާކޮށްފައެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުގައި، މާވިން އަދި ލަމްހާ ގުޅިގެން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލާފައިވަނީ ދުރާލާ ރާވައިގެންނެވެ.
އެ މައްސަލައިގައި މިއަދު މާވިންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ލަމްހާގެ މައްޗަށްވެސް މިއަދު ހުކުމް އިއްވާނެއެވެ.
މާވިން އޭނާގެ އަންހެނުން މާރާލީ އޭނާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ޝަރީއަތް ނިމެދެން ބަންދު ޖަހާފައި ހުރި މާވިން ވަނީ ޖަލުގައި ހުރެ އިސްލާމްވެ އޭނާގެ ނަން ޔޫސުފަށް ބަދަލުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;