ads
ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގް
ސޯދިގަށް ލާމަރުކަޒީ ކޮމިޓީއާއި އެންވަރަމެންޓު ކޮމިޓީން ޖާގަ ދީފި
މިދިޔަ ޖޫން މަހު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު(ސޯބެ)އަށް ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކުން ޖާގަ ދީފި އެވެ.
Advertisement

އޭނަ އަށް ދިނީ ލާމަރުކަޒީ ކޮމިޓީ އާއި އެންވަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީންނެވެ. އެ ދެ ކޮމިޓީން ސޯބެ އަށް ފުރުސަތު ދޭން ފާސްކުރީ މިއަދުގެ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މެންބަރުންގެ އަދަދަށް އައި ބަދަލާއެކު، މަޖިލީހުގެ ކޮމިޓީތަކުގެ ކޮމްޕޮޒިޝަންއަށް ބަދަލު ނުގެންނާތީ މިދިޔަ ހަފުތާގައި އެމްޑީޕީ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ. ސޯބެއާ އެކު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 13 އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހިވާ އައްޑޫގެ ކުރީގެ މޭޔަރު ސޯބެ ކުރެއްވީ މިދިޔަ މަހުގެ 15 ގަ އެވެ. އޭނަ އެ ގޮނޑި ކާމިޔާބު މިދިޔަ މަހު ބޭއްވި ބައި-އިލެކްޝަންގައި ވާދަކުރައްވައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;