މި ހާދިސާއާ ގުޅިގެން 5 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
އެމްއެންޑީއެފުނަ ބުނީ މި ހާދިސާގައި، ފަރުވާދެމުން އަންނަނީ 2 ކުޑަކުދީންނަށާއި 3 މީހަކަށްކަމަށެވެ. އެތަނުން އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހުޅުމާލެ 110ވަނަ ފުލެޓުގައިކަމަށެވެ.
އަލިފާން ރޯވި އެޕާޓްމަންޓް
މި ހާދިސާގެ މައުލޫމާތު ރޭ 01:10 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނަށް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔަ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިއެވެ. މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 01:23 ހާއިރުކަމަށް އެމްއެންޑީއެފުނަ ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;