ads
މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާއެއް
މިދިޔަ އަހަރު ސްޓެލްކޯއަށް 239 މިލިއަން ރުފިޔާގެ ފައިދާގެ ގޮތުގައި ލިބިއްޖެއެވެ.
Advertisement

އެކުންފުނީގެ އޮޑިޓް ރިޕޯޓް ސައްކާގޮތުން މިދިޔަ އަހަރު ލިބުނު ފައިދާ އޭގެ ކުރީ އަހަރާއި އަޅާކިޔާއިރު 30 އިންސައްތަ އިތުރެވެ. 2014 ވަނަ އަހަރު އެ ކުންފުނީގެ ފައިދާ އަކީ 181 މިލިއަން ރުފިޔާއެވެ. 

ރިޕޯޓުން ދައްކާގޮތުން ސްޓެލްކޯއިން މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު އާމްދަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ކުންފުނިން ކުރި ހަރަދުތަކަށް ބަލާއިރު ތެލަށް ކުރި ހަރަދަކީ 66 މިލިއަން ރުފިޔާއެވެ. މީ 2024 ވަނަ އަހަރާއި އަޅާ ކިޔާއިރު 45 އިންސައްތަ އިތުރުވުމެކެވެ.

ރިޕޯތްގައިާ ގޮތުން ސްޓެލްކޯގެ ފައިދާ އިތުރުވީ، ކުންފުނީގެ އާމްދަނީ އިތުރުވެ، ދަރަންޏަށް ކުރި ހޭދަ ކުޑަކޮށްގެންނެވެ.

އެގޮތުން ކުންފުނި ހިންގުމަށް މުސާރައާއި އެހެނެނިހެން ކަންކަމަށް ހޭދަކޮށްފައިވަނީ 392 މިލިއަން ރުފިޔާއެވެ. މީ 2024 ވަމނަ އަހަރާއއި އަޅާ ކިޔާއިރު 15 އިންސައްތަ ދަށްވުމެކެވެ. 

މީގެއިތުރުން ލޯނު އަނބުރާ ދެއްކުމަށް މިދިޔަ އަހަރު ކުރި ހަރަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ކުޑަވެފައެވެ. އެގޮތުން ލޯނު އަނބުރާ ދެއްކުމަށް މިދިޔަ އަހަރު 140 މިލިއަން ރުފިޔާ ހޭދަކުރިއިރު 2024 ވަނަ އަހަރު ލޯނު ދައްކަން ހޭދަކުރީ 150 މިލިއަން ރުފިޔާ އެވެ.

ކުންފުނިން ހިންގުމަށް މިދޔަ އަހަރު ކުރި ހަރަދުތައް ކުޑަވިނަމަވެސް ރިޓަޔަމެންޓް ބެނެފިޓަށް ކުރި ހޭދަ ވަނީ 300 އިންސައްތަ އެގޮތުން ކުންފުނިން ރިޓަޔާ ކުރި މީީހުންނަށް އިނާޔަތް ދިނުމަށް މިދިޔަ އަހަރު ވަނީ 20 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ. 2024 ވަނަ އަހަރު މި އަދަދު ހުރީ ފަސް މިލިއަން ރުފިޔާގައެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;