ads
ފައިނޭންޝަލް ސެކްޓާ އެވޯޑްސް، ބީއެމްއެލްއަށް ލިބުނު އެވޯޑްތަކާއި އެ ބޭންކުގެ ސީއީއޯ ހަވާލުވެވަޑައި ގަންނަވަނީ
ފައިނޭންޝަލް ސެކްޓާ އެވޯޑްސް، ބީއެމްއެލްއަށް ޝަރަފުވެރި އެވޯޑްތަކެއް
މާލީ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ދިން މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސްގެ ޝަރަފުވެރި އެވޯޑްތަކެއް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވިސް އަށް ލިބިއްޖެއެވެ.
Advertisement

އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ ހަތް ދާއިރާއަކުން ވަނީ އެވޯޑު ދީފައިއެވެ. އޭގެ ތެރޭގައި މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ މާލީ ހިދުމަތްތައް އިތުރުކުރުމާއި އަދި ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާ ހިމެނެއެވެ. 

މި އެވޯޑް ނައީޓްގައި ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ޝަރަފުވެރި ދެ އެވޯޑް ލިބިފައެވެ. އެއީ އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑާއި އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް އެވޯޑްއެވެ. 

އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑާއި ބީއެމްއެލްއަށް ލިބުނީ ރާއްޖޭގެ ބޭންކިން ދާއިރާ ޒަމާނީ ކުރުމަށް އެ ބޭންކުންކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކާއި، މުޅި ރާއްޖެއަށް ޑިޖިޓަލް ބޭންކިން ހިދުމަތްތައް ތައާރަފުކޮށް ފުޅާކުރުމުގައި އަދާކުރަމުންދާ އިސް ދައުރުގެ ސަބަބުންނެވެ.

 އިނޮވޭޝަން އެވޯޑާއި އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް އެވޯޑް ބީއެމްއެލަށް ލިބުނީ ތިމާވެއްޓާ ރައްޓެހި، މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުކަންދޭ އަދި ދެމެހެއްޓެނިވި އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މާލީ ހިދުމަތްތަކާއި މަޝްރޫއުތައް ކުރިއެރުވުމަށް ބޭންކުން ކުރާ މަސައްކަތްތަކަށެވެ. 

your imageފައިނޭންޝަލް ސެކްޓާ އެވޯޑްސް، ބީއެމްއެލްއަށް ލިބުނު އެވޯޑްތަކާއި އެ ބޭންކުގެ ސީއީއޯ ހަވާލުވެވަޑައި ގަންނަވަނީ

އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެމްއެމްއޭގެ ގަވަރުނަރުކަން ކުރެއްވި އަދި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި 10 ބޭފުޅުންނަށް ވެސް އެވޯޑު އަރުވާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް އާއި އަބްދުﷲ ޖިހާދާއި ޑރ ފަޒީލް ނަޖީބާއި ޑރ އަޒީމާ އާދަމާއި އަހުމަދު ނަސީރާއި އަލީ ހާޝިމް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;