މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރުގެ ސުވާލަކަށް ވީ މާލޭ ސަރަހައްދުގައި ދުއްވާ އެއްޗެހި ތޮއްޖެހިފައިވާއިރު މިދިޔަ އެމްޑީޕީ ވެރިކަމުގައި މާލޭ ސަރަހައްދަށް ކިތަ ވެހިކަލް ރެޖިސްޓްރީކޮށްފައިވޭތޯއެވެ. މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރރު ސައީދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިފަހުން މިހާތަނަށް 28،925 ސައިކަލް ރެޖިސްޓްރީ ކޮށްދީފައިވާކަމަށެވެ.
މާލޭ ސަރަހައްދަށް ސައިކަލް ރަޖިސްޓްރީކޮށްފައިވާ އަދަދު
މިނިސްޓަރު ސަައީދު ވިދާޅުވީ މާލެ ތޮއްޖެހި މާލޭގެ މަގުތަކަށް ދިމާވެފައިވާ ދަތިތަކަށް މާލޭގެ މަގުތައް ހަދާ ނިމުމުން ހައްލުވާނެކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;