ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ހިދުމަތްތަކުގެ ތެެރެއިން ލޭންޑް ޓްރާންސްޕޯޓާ ގުޅޭ ހުރިހާ ހިދުމަތެއް، އަންނަ މަސް ނިމުމުގެ ކުރިން ޑިޖިޓަލައިޒްކޮށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް އަދދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Advertisement
ރައްޔިތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި މިހާރު ބޭނުންކުރާ ސިސްޓަމަށް ވުރެ ޒަމާނީ، ފުލް ޑިޖިޓަލް ސިސްޓަމެއް، ސަރުކާރުގެ "ވަން ގަވް" ނެޓްވޯކްގެ ތެރެއިން ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
" މިހާރު ބޭނުންކުރަމުންދާ ސިސްޓަމަށްވުރެ ލުއިފަސޭހަ އަދި ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ގާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން މިހާރު ކުރަމުންދާ ވާހަކަ ދަންނަވާލަން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އެ މަސައްކަތް ނިމުމުން ރައްޔިތުންނަށް މިހާރު ކުރިމަތިވާ ދަތިތައް، ފިލައިގެންދާނެކަމަށެވެ.
" އަޅުގަނޑުމެންގެ އަމާޒަކީ އޯގަސްޓް މަސް ނިމުމުގެ ކުރިން، އިރާދަކުރެއްވިއްޔާ ލޭންޑް ޓްރާންސްޕޯޓްގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން،" ސައީދު ވިދާޅުވިއެެވެ.
މިހާރުވެސް މިނިސްޓްރީގެ ދަތުރުފަތުރުގެ ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު 24 ގަޑިއިރު އޮންލައިން ޕޯޓަލް މެދުވެރިކޮށް އާއްމުންނަށް ހުޅުވާލެވިފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.