ކެވިން ޑިބުރޭނާ އަށް ފުރަތަމަ އެގާރައިން ފުރުޞަތު ނުދީ، ލުކަކޫ އާއި ޑޮކޫ އަށްވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ފުރުޞަތު ދިން މެޗުގެ ކޮންމެ ހާފެއްގައި ބެލްޖިއަމްއިން ދެ ލަނޑު ޖެހި އެވެ. މެޗުގެ ކުރީކޮޅު ޑި ކަޓަލާރޭ ޖެހި ލަނޑާއެކު ސިއެޓްލް ސްޓޭޑިއަމްގައި އޮތް އެމެރިކާގެ ފޯރި މައިތިރިވި އެވެ.
ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި އެމެރިކާގެ މާލިކް ޓިލްމަން ހިލޭ ޖެހުމަކުން ގޯލެއް ޖަހައި ނަތީޖާ އެއްވަރުކުރި އެވެ. މި ބޯޅަ ގޯލަށް ވަނީ ބެލްޖިއަމްގެ ކީޕަރު ޓިބޯ ކޯޓުއާ އަށް އޮޅުވާލުމަށްފަހު އެވެ.
ނަމަވެސް، ބެލްޖިއަމްއިން ވަނީ ވަރަށް އަވަހަށް ރައްދު ދީފަ އެވެ. އެމެރިކާ އިން އެއްވަރުކުރިތާ ދެ މިނިޓް ތެރޭ ބެލްޖިއަމުން އަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ލެއަންޑްރޯ ޓްރޮސާޑް ނެގި ހުރަހަކުން ޑެ ކެޓެލެއާ ބޮލުންނެވެ.
އެމެރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ބެލްޖިއަމުގެ ކުޅުންތެރިން
ދެވަނަ ހާފުގައި ބެލްޖިއަމުން އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 57 ވަނަ މިނެޓުގައި އެމެރިކާގެ ކީޕަރު މެޓް ފްރީޒް ހެދި ގޯހެއްގެ ފައިދާ ނަގައި ބަދަލު ކުޅުންތެރިޔާ ހާންސް ވަނާކެން ބެލްޖިއަމްގެ ތިންވަނަ ގޯލު ޖެހި އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެމެރިކާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، ބެންޗުން ކުޅެން ނުކުތް ބެލްޖިއަމްގެ ރެކޯޑު ގޯލް ޖެހުންތެރިޔާ ރޮމެލޫ ލުކާކޫ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލައިފަ އެވެ.
މި ބައްޔާއެކު މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ އަށް ވަނީ މުބާރާތް ނިމިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;