ads
މާލެ ކައިރީގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް
ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
ލޯންޗަކާއި ދޯންޏެއް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.
Advertisement

ފުލުހުން ބުނީ ވިލިމާލެއާ ދިމާ ބޭރުން ހިނގި މި އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:50 އެހައިކަންހާއިރު ކަމަށެވެ. 

މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވާއިރު އެއީ  ލޯންޗުގެ ކެޕްޓަނަށާއި އޭގެ ފަޅުވެރިއެއްކަމަށް ފުލުހުން ބުނެ އެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް