ads
ސްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ މިއަދު ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އަރުވާއިރު ސަޕޯޓަރުންނަށް އަތުން އިޝާރާތްކޮށްލައްވަނީ. - ފޮޓޯ: އޭއެފްޕީ
މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން ހައްޔަރުކޮށްފި
ސްރީލަންކާގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށް އެހީގެ ގޮތުގައި އެއްކުރި ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި، އެ ގައުމުގެ ކުރީގެ ފަސްޓް ލޭޑީ ޝިރާންތީ ރާޖަޕަކްސަ އެ ގައުމުގެ އެންޓި-ކޮރަޕްޝަން އިދާރާއިން ބުދަ ދުވަހު ހައްޔަރުކޮށްފި އެވެ.
Advertisement

އުމުރުން 73 އަހަރުގެ ޝިރަންތީ ހައްޔަރުކުރީ ކޮލަމްބޯގެ ކިރުލަޕޯނޭގައި ހުންނަ ރާޖަޕަކްސަ އާއިލާގެ ގެއިން، ސްރީލަންކާގެ ކޮމިޝަން ޓު އިންވެސްޓިގޭޓް އެލިގޭޝަންސް އޮފް ބްރައިބަރީ އޯ ކޮރަޕްޝަން (ސިއަބޮކް) އިންނެވެ. ސިއަބޮކްއިން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން އެއް ކްރޯޑު ސްރީލަންކާ ރުޕީސް (30,289.81 ޑޮލަރު) ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ޕަބްލިކް ޕްރޮޕަޓީ އެކްޓާއި ކޮރަޕްޝަނާ ދެކޮޅު ގާނޫނުތަކުގެ ދަށުންނެވެ.

"މެޖިސްޓްރޭޓް އަމުރުކުރެއްވީ އޮކްޓޯބަރު 13 އާ ހަމައަށް އޭނާ ބަންދުގައި ބަހައްޓައި، ލޮލުގެ އާލާސްކަންފުޅެއް ހުރުމުގެ ސަބަބުން ޖަލު ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް،" ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުރީގެ ފަސްޓް ލޭޑީގެ ދޮށީ ދަރިކަލުން އަދި އިދިކޮޅު މަޖިލިސް މެންބަރު ނާމަލް ރާޖަޕަކްސަ މިހާރު ހުންނެވީ ބަންދުގަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބައްޕާފުޅުގެ ރިޔާސަތުގައި 2013 ވަނަ އަހަރު އެއާބަސް މަތިންދާބޯޓު ގަތުމަށް ވެވުނު އެއްބަސްވުމަކާ ގުޅޭ ކޮރަޕްޝަނުގެ ތުހުމަތުގަ އެވެ.

ކުރީގެ ރައީސްގެ ދެމަފިރިންގެ ދޮށީ ދަރިކަލުން ނާމަލް ރާޖަޕަކްސަ ވެސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތަކާ ގުޅިގެން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ހުންނެވީ ބަންދުގަ އެވެ. މީގެ އިތުރުން، އަނެއް ދަރިކަލުން ޔޯޝީތާ ރާޖަޕަކްސަ ވެސް ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެ އެވެ.

ރާޖަޕަކްސަ އާއިލާއިން އަބަދުވެސް ކޮރަޕްޝަންގެ ތުހުމަތުތަކަށް އިންކާރުކުރެ އެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ މައްސަލަތަކެއް ކަމަށް ބުނެ އެވެ. މަހިންދަ ރާޖަޕަކްސަ 2005 އިން 2015 އަށް ރައީސްކަން ކުރެއްވިިއިރު، 2022 ވަނަ އަހަރު އާންމުންގެ ބޮޑެތި މުޒާހަރާތަކާއެކު އޭނާގެ ބޭބެ ގޮތަބަޔާ ރާޖަޕަކްސަ ރައީސްކަމުން ވަކިކުރި ފަހުން އާއިލާގެ ނުފޫޒު ކުޑަވި ނަމަވެސް، މަހިންދައަކީ އަދިވެސް ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ބޭފުޅެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް