ads
ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފަށަނީ، މެޑިކަލް ޔުނިޓެއް ހަދަނީ
ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފަށަން މެޑިކަލް ޔުނިޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ގީލާ ވިދާޅުވީ ފާއިތުވީ 10 އަހަރު ތެރޭގައި 23 ހަށިގަނޑެއް ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމްއަށް ހަށިގަނޑު ފޮނުވައިގެންވެސް ކޮންމެ މީހަކަށް 55،000 ރުފިޔާ އަރާ ކަމަށް ގީލާ ވިދާޅުވިއެވެ.

ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން، ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްއިން މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ. އެ ޔުނިޓު ޤާއިމްވުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކްގެ ހިދުމަތާއި، މެޑިކޯ ލީގަލް އަދި ޕޯސްޓްމޯޓަމްގެ ހިދުމަތް ލިބިގެންދާނެކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގީލާ ވިދާޅުވީ ޕޯސްޓްމޯޓަމް ހަދަން ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި އެތަން ނިމުމުން ޝަރުއީ ގޮތުން ބަލަން ޖެހޭކަންކަން ބެލުމަށްފަހު ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

" މި ޔުނިޓު މެދުވެރިކޮށް ޝަރުއީގޮތުން ބަލަން ޖެހޭ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލުކުރުމާއި، ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީކުރުން ހިމެނޭ." ވަޒީރު، ޤީލާ އަލީ ވިދާޅުވިއެވެ.


ދިވެހިރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ގާއިމުކުރުމަށްޓަކައި އެފަދަ ހިދުމަތެއްގެ މައުލޫމާތު ގާނޫނެއްގައި ހިމަނާފައި ވަނީ 2015 ވަނަ އަހަރުގައި ކަމަށާއި އޭގެ ފަހުން މިވީ އަހަރުތަކުގެ ތެރޭގައި ސަރުކާރުތަކެއް އައި ނަމަވެސް އެ މަސައްކަތް ކުރަން އުޅެފައިނުވާކަމަށް މިނިސްޓަރު ގީލާ ވިދާޅުވިއެވެ.. އަދި މި ހިދުމަތް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ރާއްޖޭގައި ކުރެވުނު މަސައްކަތެއްވެސް ކުރީ މި ސަރުކާރުންކަމަށް ހެލްތު މިނިސްޓަރު ޑރ ގީލާ އަލީ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;