ads
އެމްޑީޕީގެ މަގު ޗާޓު ހަދަން ކޮމިޓީއެއް، ޗެއާއަކީ ފައްޔާޒު
އެމްޑީޕީގެ ހިންގުމާއި އަސާސީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަގުޗާޓުގެ މަސައްކަތް ނިންމުމަށް ވަކި ކޮމިޓީއެއް ނަގައި، އެ ކޮމިޓީގެ މުގައްރިރަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ހަމަޖައްސައިފި އެވެ.
Advertisement

އެމްޑީޕީން ބުނީ 02 މެއި 2024ގައި ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ޤަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފަ އެވެ. 

އެގޮތުން މިމަގު ޗާޓުގެ މައްސަކަތް ނިންމުމަށް ޕާޓީގެ އާ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ކޮމިޓީއެއް އެކުލަވާލާފައިކަމަށެވެ. އަދި އެ ކޮމެޓީގެ މުގައްރިރަކީ ޕާޓިގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްކަމަށް ކަނޑައަޅާފައިވާކަމަށްވެސް އެމްޑީޕީން ބުނެ އެވެ. 

ކޮމިޓީގެ މެންބަރުންނަކީ:

1. ފައްޔާޒު އިސްމާއިލް (މުޤައްރިރު) - މއ. ބޯގަންވިލާ / މާލެ

2. މާރިޔާ އަހްމަދު ދީދީ - ގ. އޮއިނާށި / މާލެ

3. އިމްތިޔާޒް ފަހްމީ - މ. އަފްޒާ / މާލެ

4. އަބްދުﷲ ސާދިޤް - ކައުސަރު / ސ. ހިތަދޫ

5. މައުރޫފް އަހްމަދު - ނިއުލައިޓް / ލ. ކަލައިދޫ

6. އިބްރާހިމް ވަހީދު - މ. ބަނަފްސާވިލާ / މާލެ

7. މުހައްމަދު ރަޝީދު ހުސައިން - މ. ޖަވާހިރުވާދީ / މާލެ

8. އަހްމަދު އަބްދުﷲ - އޯޝަންވިލާ / ހއ. ތަކަންދޫ

9. މަހްފޫޒް ސައީދު - ވިކްޓަރީ / ގއ. ކޮލަމާފުށި

10. ޔާސިރު އަބްދުލްލަތީފް - މިޒާޖް / ހދ. ކުޅުދުއްފުށި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަޑައިގަތީ ބޮޑު ބަދަލުގެ ނަމުގައި ރާއްޖެއަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމުގެ ވައުދާއެކު އެވެ.

ޗެއާޕާސަންކަމުގައި ހުންނަވާ ބޭފުޅަކު އެ ދައުރު ނިމުމުގެ ކުރިން އޮންނަ ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރުން މަނާވާނެ އިސްލާހެއް ގެނައުމަށް ޕާޓީގެ ތެރެއިން މަސައްކަތްކުރަމުންދާ ކަމުގެ އަޑު ފެތުރިފައިވަނިކޮށް ނަޝީދު ވަނީ އެފަދަ އިސްލާހަކަށް ތާއީދުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;