ads
ކަސްޓަމުން އަތުލައިގެން ޑްރަގްސް
5 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑުރަގް އަތުލައިގަނެފި
ރާއްޖެއަށް އެތެރެކުރަން އުޅުނު ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
Advertisement

ކަސްޓަމުން ބުނީ މި މަހގެ 8 ވަނަދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ޑްރަގްސް އަތުލައިގެންފައިވާކަމަށެވެ. އެގޮތުން އަތުލައިގެން ޑްރަގްސްގެ ބަރުދަނަކީ 3.5 ކިލޯކަމަށް ކަސްޓަމުން ބުނެއެވެ. 

ކަސްޓަމުން ބުނީ ރާއްޖެއަށް ވައްދަން މަސައްކަތް ކުރި ޑްރަގްސް ތަހުލީލުކުރުމުން އޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކް ކެތިނޯން ކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެތަކެތީގެ މަަގުމަތީއަގު 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެކަމަށް ކަސްޓަމްސް އިން ބުނެއެވެ. 

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ކަސްޓަމުން އަދި އާއްމުކޮށްފައެއް ނުވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;