ads
ހައިކޯޓް
އަންހެނުން ކޮއްކޮއާ ބެހުނު މީހާގެ ހުކުމް ދަމަހައްޓައިފި
އަނބިމީހާގެ ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ޖަލު ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.
Advertisement

މި މައްސަލާގައި މި މީހާގެ މައްޗަށް ދައުވާކުރީ އޭނާގެ އަންހެނުންގެ އަށް އަހަރުގެ ކޮއްކޮއަށް ޖިންސީ ގޯނާކުރުމުގެ ދައުވާއެވެ. ދައުލަތުން ކުރި ދައުވާގައި ބުނެފައވަނީ މި މީހާ އެ ކުއްޖާއަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އެކި ދުވަސް މަތިން ދައްކާ ކުއްޖާގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލައި ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަމަށެވެ. 

މި މައްސަލަ ދަށު ކޯޓުގައި އެމީހާގެ މައްޗަށް ސާބިތުވެ އޮތީ 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންކަމުން މި މައްސަލަ ހައިކޯޓްގައި އިސްތިއުނާފުކުރީ މި މީހާއެވެ. 

މި މައްސަލާގައި އެމީހާ ހައިކޯޓުގައި ބުނީ އެ ތުހުމަތަކީ އެ ކުއްޖާގެ ދައްތަ އޭނާއާ މެދު އޮތް ރުޅިވެރިކަމުގައި ކުއްޖާ ލައްވާ ހަދަ ހަދައިގެން ދެއްކި ވާހަކައެއް ކަމަށާއި އެ ކުއްޖާ އަކީ ވާހަކަ ލިޔާ ކުއްޖެއް ކަމަށެވެ. 

ހައި ކޯޓުން ކުރި ހުކުމްގައި ބުނީ އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކި ހުށަހަޅައިފައިނުވާތީ، އެ ވާހަކަތައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ދައުވާ ލިބޭ މީހާ ދައްކާ އެ ވާހަކަތަކަކީ ބުއްދި ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށް ދަށު ކޯޓުން ވެސް ބުނެފައިވާކަމަށެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;