ads
ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީކުރަން ގަލްފް ހޮޓެލްސް ގްރޫޕް އާއި ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން.
ގަލްފް ހޮޓެލްސްއިން ކެއިރެޓްސޫއާ ގުޅިގެން ރާއްޖޭގައި ރިސޯޓެއް ހަދަނީ
ބަހްރެއިންގައި އެންމެ ބޮޑު އެއް ކުންފުނި ގަލްފް ހޮޓެލްސް ގްރޫޕް (ޖީއެޗްޖީ) އިން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި އެވެ.
Advertisement

އެ މަޝްރޫއުގެ ދިވެހި ޕާޓްނަރަކީ ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑެވެ. މި މަޝްރޫއާ ގުޅޭ ގޮތުން އެ ދެ ކުންފުނީގެ ދެމެދުގައި އިއްޔެ އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ކެއިރެޓްސޫ ކުންފުނިން ވަނީ މީގެ ކުރިން ހިލްޓަން މޯލްޑިވްސް އަމީންގިރި އާއި ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ފަދަ ރިސޯޓުތައް ޑިޒައިންކޮށް ޕްލޭންކޮށް ތަރައްގީކުރުމުގައި މަސައްކަތްކޮށްފަ އެވެ. 

ގަލްފް ހޮޓެލްސްގެ ރިސޯޓު ތަރައްގީކުރަން ނިންމާފައިވަނީ ކ. އަތޮޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ 15-25 މިނެޓު ދުރުގައި އޮންނަ ފަޅެއްގަ އެވެ. މި ލަގްޒަރީ ރިސޯޓުގައި ބީޗް ފްރޮންޓް އަދި ވޯޓާ ވިލާތައް ތަރައްގީކުރާއިރު، ރެސްޓޯރެންޓްތަކާއި ވެލްނެސް ސެންޓަރާއި ރިކްރިއޭޝަން ހަރަކާތްތަކަށް ހާއްސަ ސެންޓަރުތައް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. 

ޖީއެޗްޖީގެ ސީއީއޯ އަހުމަދު ޖަނާހީ ވިދާޅުވީ، މިއީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށާއި އަދި އިންޑިއާ ކަނޑުގެ ސަރަހައްދަށް އެ ކުންފުނީގެ ހިދުމަތްތައް ފެށުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި ރާއްޖެ ފަދަ މަޝްހޫރު މަންޒިލެއްގައި ޖީއެޗްޖީގެ ރިސޯޓެއް ތަރައްގީ ކުރުމުން އެ ކުންފުންޏަށް ވެސް އިތުރު ފައިދާތައް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެއިރެޓްސޫގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހްމަދު ވިދާޅުވީ އެ ކުންފުންޏާއި ގަލްފް ހޮޓެލްސްގެ ތަޖުރިބާއާ އެކު ބައިނަލްއަގްވާމީ އެންމެ މަތީ މިންގަނޑުތަކަށް ފެތޭވަރުގެ ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގަލްފް ހޮޓެލްސް ގްރޫޕަކީ ހޮސްޕިޓާލިޓީ ދާއިރާގައި 50އަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. ބަހްރެއިން އާއި ޔޫއޭއީ ފަދަ ބޮޑެތި ގައުމުތަކުގައި އެ ކުންފުނީގެ ހޮޓެލްތައް ވަނީ ތަރައްގީކޮށްފަ އެވެ.

ރާއްޖެ އަކީ ދުނިޔޭގެ ޓޫރިޒަމް ސިިނާއަތުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ގައުމެވެ. ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓްތަކުގެ އަދަދު 170 އަށް ވުރެ ގިނަ އެވެ. މީގެ ތެރެއިން ގިނަ ރިސޯޓް ތަކަކީ ފަތުރުވެރިންގެ ތެރޭގައި މަގްބޫލުވެ، ދުނިޔޭގެ ފެންވަރުގެ އެވޯޑް ލިބިފައިވާ ތަންތަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;