ރައީސްގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްއުސްތާޒް މުހައްމަދު ތޯހާއެވެ.
މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ހައިކޮމިޝަން ބައްލަވާލައްވައި، މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، ހައިކޮމިޝަނުގެ މުވައްޒަފުންނާ ބައްދަލުކުރެއްވި އެވެ.
ރައީސްގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދުގެ ބޭފުޅުންވެސް މި ޒިޔާރަތުގައި، ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް މި ކުރައްވާ ދަތުރުފުޅަކީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅު ކުރިއަށް މިދަނީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާކޮށެވެ.