ads
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ނަން ހުށައަޅަން ހުޅުވާލަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ހުޅުވާލަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ އާދީއްތަ ދުވަހު ހުޅުވާލަން ހާއްސަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.
Advertisement

ފުރުސަތު ހުޅުއްވާލައްވަނީ، އެ ދުވަހުން ފެށިގެން މިއަހަރުގެ އޮގަސްޓު މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށްކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެންކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ.

އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޓީން ވަނީ އެދިފައިއެވެ. އެގޮތުން، ހުށަހަޅާ ލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދާފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދާ އެއްގޮތަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަންޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;