ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަތީ ވައިގެމަގުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖެ އެެތެރެކުރަން މަސައްކަތް ކުރަނިކޮށްކަމަށެވެ.
އަތުލައިގެން މަސްތުވާތަކެތި ކުރި ތަހުލީލުން އެ ތަކެތީގެ ތެރޭގައި 740 ގުރާމުގެ ކެނެބިސް އަދި 2،796 ގުރާމުގެ ހަޝިޝް އޮއިލް ހުރިކަން ދެނެގަނެވިފައިވާ ކަމަށް ކަސްޓަމުން ބުނެއެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ.
ކަސްޓަމުން ވަނީ މިމަހުގެ 8 ވަނަދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތިވެސް އަތުލައިގެންފަ އެވެ. މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް ބެލެވޭ އެ ތަކެތީގެ މަަގުމަތީއަގު 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;