މި ފަހަރު ހުޅުވާލެވިފައިވާ ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާގެ ތިން ޔުނިވަސިޓީއަކުން ކިޔެވުމަށް ކަނޑައަޅާފައިވާ ޖާގަތަކެކެވެ. އެގޮތުން، ސެލަންގޯ އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް އެކައުންޓިން ފުރިހަމަ ކުރުމަށާއި، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަރއޮފް ލޯސް އަދި މާސްޓަ އޮފް އިކޮނޮމިކްސް ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފަ އެވެ.
މީގެ އިތުރުން، އިންސީފް ޔުނިވަސިޓީން ޕީއެޗްޑީ އަށް ކިޔެވުމަށް ވެސް ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ކޯސްވޯކް، ޑެޒަޓޭޝަން އަދި ރިސާޗް ހެދުމާއި، އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ކުރިއަށްދިއުން ހިމެނެ އެވެ.
މި ސްކޮލާޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ކޯހުގެ ޓިއުޝަން ފީއާއި ޔުނިވަސިޓީއަށް ދައްކަން ޖެހޭ އެހެނިހެން ފީތަކުގެ އިތުރުން ގިނަ އިނާޔަތްތަކެއް ދޭނީ މަރުކަޒީ ބޭންކުންނެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ހަރަދާއި، ފޮތް ގަތުމަށް ދެވޭ އެލަވަންސާއި، އެސްޓެބްލިޝްމަންޓް އަދި ޑިޕާޗާ އެލަވަންސް ވެސް ހިމެނެ އެވެ. އަދި ހަމައެހެންމެ، ވިސާ ހޯދުމަށް ހިނގާނެ ހަރަދާއި ސިއްހީ އިންޝުއަރެންސްގެ ކަންކަން ވެސް އެމްއެމްއޭއިން ހަމަޖައްސައި ދޭނެ އެވެ.
މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް ކިޔަވަންދޭ މި ސްކޮލަޝިޕް ސްކީމްގެ ދަށުން ކޯސް ފުރިހަމަކުރާ ދަރިވަރުން، ތައުލީމު ހާސިލުކޮށް ނިމުމަށް ފަހު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖެ އަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ އެވެ.
ސްކޯލާޝިޕަށް އެދި އޮންލައިން ފޯމު ހުށަހެޅުމަށް
އިތުރު މައުލޫމާތު
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;