ads
ފީފާގެ ރެފްރީސް ޗީފް، އިޓަލީގެ ޕިއެރްލުއީޖީ ކޮލީނާ
ފީފާގެ ރައީސަށް ވެސް ރެފްރީންނަށް ނުފޫޒު ނުފޯރުވޭނެ: ކޮލީނާ
ފީފާ ވޯލްޑް ކަޕްގައި އިންސާފުކުރަމުން އަންނަ ރެފްރީންނަށް އެއްވެސް ބައެއްގެ ނުފޫޒެއް ނުފޯރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފީފާގެ ރެފްރީސް ޗީފް، އިޓަލީގެ ޕިއެރްލުއީޖީ ކޮލީނާ ބުނެފި އެވެ.
Advertisement

ފީފާގެ އޮފިޝަލް ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ކޮލީނާ ބުނީ، ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔުމަކީ ފުޓްބޯޅައިގެ ބައެއް ކަމުގައިވީ ނަމަވެސް، އެމީހުންގެ ނަޒާހަތްތެރިކަމާމެދު އަސާސެއް ނެތް ތުހުމަތުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނަށާއި އެމީހުންގެ އާއިލާތަކަށް ނުރައްކަލާއި އިންޒާރުތައް ކުރިމަތިވެދާނެ، ފީފާގެ ރެފްރީކަމަށް އެއްވެސް ފަރާތަކުން، އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށްވެސް ނުފޫޒު ނުފޯރުވޭނެ" ކުރީގެ ރެފްރީ ކޮލީނާ ބުންޏެވެ.

މިސްރުން މެޗަށްފަހު އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އެޓީމުގެ ގޯލެއް ރެފްރީ ވީއޭއާރް ބަލައި ގޯލެއް ނޫން ކަމަށް ނިންމި ވާހަކައެވެ. މިސްރުގެ މުސްތަފާ ޒީކޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް، ވީއޭއާރް މެދުވެރިކޮށް ބެލުމަށްފަހު، މެޗުގެ ރެފްރީ ފްރާންސުވާ ލެޓެކްސިއޭ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ. އެއީ އެ ހަމަލާ އުފެއްދުމުގެ ކުރިން މިސްރުގެ މަރްވާން އަތިއާ، އާޖެންޓީނާގެ ލިސަންޑްރޯ މާޓިނޭޒަށް ފައުލްކޮށްފައިވާތީ އެވެ.

your imageއާޖެންޓީނާގެ މެޗުގައި ރެފްރީއާ، މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހް ވާހަކަ ދައްކަނީ: އެ ގައުމުގެ އެފްއޭއިން ވަނީ ރެފްރީ ނިންމުންތަކާ މެދު ސުވާލު އުފައްދައި މައްސަލަ ފީފާ އަށް ހުށަހަޅާފައި - ފޮޓޯ: އޭއެސް


ދެން އަނެއް ކަމަކަށް މިސްރުން ފާހަގަކުރީ މެޗުގެ ފަހުކޮޅު މިސްރުން ޕެނަލްޓީއަކަށް އެޕީލްކުރި ހާދިސާއެވެ. އާޖެންޓީނާއިން މޮޅުވި ގޯލު ޖެހުމަށް އުފެއްދި ހަމަލާގެ ކުރިން، މިސްރުގެ މުހައްމަދު ސަލާހަށް ފައުލްކޮށްފައިވާ ކަމަށް މިސްރުން ތުހުމަތުކުރިއެވެ. ނަމަވެސް ރެފްރީ ކުޅުން ކުރިއަށްގެންދަން ނިންމައި، އޭގެ ކުޑަ ހިނދުކޮޅެއް ފަހުން އެންޒޯ ފެނާންޑޭޒް ވަނީ އާޖެންޓީނާ މޮޅުވި ގޯލު ކާމިޔާބުކޮށްފައެވެ.

ކޮލީނާ ބުނީ، ގަދަ 16 ބުރުގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗުގައި، ރެފްރީ ލެޓެކްސިއާގެ ނިންމުންތައް ރަނގަޅު ކަމަށެވެ. އަދި، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލާފައި ނިންމާފައި ހުރީ ވެސް ރަނގަޅަށް ކަމަށާއި މެޗުގެ ނަތީޖާ އަށް އަސަރުކުރިފަދަ ގޯސްތަކެއް ރެފްރީ ހަދާފައިވާ ކަމަށް އެ ބުނާ ވާހަކަތަކަށް ބާރުދޭނެ ކަމެއް ގަވާއިދުން ވެސް ފެންނަން ނެތް ކަމަށް ކޮލީނާ ވަނީ ފާހަގަކޮށްފަ އެވެ. 

ލެޓެކްސިއާގެ ނިންމުންތައް ރަނގަޅު ކަމަށް ކޮލީނާ ބުނި ނަމަވެސް ރެފްރީގެ ނިންމުންތަކާ ގުޅޭ މައްސަލަ ބަލަން، މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ހާނީ އަބޫ ރީދާ، އިސްވެ ފީފާއަށް ހުށަހަޅާފައިވާ ކަމުގެ ކަށަވަރުކަން ލިބިފައިވާކަމަށް، މީޑީއާ ރިޕޯޓްތައް މިހާރު އަންނަނީ ބުނަމުންނެވެ. 

އިއްޔެ ހެނދުނު މިސްރުގެ އެފްއޭއިން ހުށަހެޅި އެ މައްސަލައާ ބެހޭގޮތުން، ފީފާއިން އަދި މިހާތަނަކަށް އެއްޗެއް ނުބުނެ އެވެ. 

އެ އެސޯސިއޭޝަނުން ބުނީ އާޖެންޓީނާގެ މެޗުގައި ހިނގާދިޔަ ރެފްރީގެ ގޯސްނިންމުންތަކާ މެދު ހަނު ތިބުމުކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

"އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެންދިޔަ ރެފްރީގެ ނިންމުންތަކާއި ވީއޭއާރް ސިސްޓަމްގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފާފައި ނުވާތީ އެކަމާ މެދު ހަނު ތިބެވޭކަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނަކަށް ނެތް،" އީއެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މުބާރާތުގެ ރެފްރީންގެ ނިންމުންތަކާ މެދު ކަންބޮޑުވުން ފާޅުކުރީ މިސްރުގެ އެފްއޭއިން އެކަންޏެއް ވެސް ނޫނެވެ. ބެލްޖިއަމް އާއި ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔޫއެފާއިން ވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ނިންމުންތަކާ މެދު ވެސް ސުވާލު އުފައްދައިފަ އެވެ. 

your imageބްރެޒިލް އާއި ނޯވޭ ބައްދަލުކުރި މެޗުގައި ނޭމާ ޕެނެލްޓީ ވައްދާލުމަށް ފަހު ނޯވޭގެ ކީޕަރާ ދިމާއަށް އެއްޗެކޭ ބުނުމުން ރެފްރީ މައްސަލަ ހައްލުކުރަނީ: މިއީ ރެފްރީންނަށް ޕްރެޝަރު ބޮޑު މުބާރާތެއް


ވޯލްޑް ކަޕް މެޗުތަކަށް ރެފްރީން ކަނޑައަޅަނީ އެކަމަށް ހާއްސަ ކޮމިޓީއަކުންނެވެ. ރެފްރީން ކަނޑައަޅަނީ ވަރަށް ގިނަ ކަންކަމާ މެދު ވިސްނާފައި ނަމަވެސް އާންމުންގެ ހިޔާލު ތަފާތެވެ. އެހެންވެ ފީފާގެ ރެފްރީޒް ކޮމިޓީގެ ނިންމުންތަކުގައި ވަކި ކޮޅެއް ނެގުމުގެ ވިސްނުން ނެތަސް އާންމު ހިޔާލު ތަފާތުވުން ބޮޑު ހާލަތެއްގައި އެކަމުން މުބާރާތް ސަލާމަތްކުރަން ފީފާއަށް މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް، ތަޖުރިބާކާރުން ވެސް ދެކެ އެވެ. 

ފީފާގެ ރެފްރީޒް ކޮމިޓީގެ އިސް ވެރިޔަކީ ކުރީގެ މަޝްހޫރު ރެފްރީ ކޮލީނާ އެވެ. ކޮލީނާ ބުނަނީ ސީދާ ހުރިހާ ނިންމުމެއް އެންމެ ފުރިހަމަ ނުވެދާނެ ނަމަވެސް މިހާތަނަށް ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުންކޮށް ނިންމާފައިވާ ނިންމުންތަކަށް ހިތްހަމަ ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;