ads
ނަޝީދު ވިލިމާލޭގައި: ވިދާޅުވީ، ކޮންކްރީޓު ޖަންގައްޔަކަށް ނުވާ ރަށެއް ގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށް - ފޮޓޯ: އެމްޑީޕީ
ވިލިމާލޭ ކޮންކްރީޓު ޖަންގައްޔަކަށް ނުވާނެހެން ދަމަހައްޓަން ޖެހޭ: ނަޝީދު
ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ނުވާނެހެން ދަމަހައްޓަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން މާލޭ ރައްޔިތުންނާ ބައްދަލުކުރަން ރޭ ބޭއްވި ޖަލްސާގައި ވިލިމާލޭގެ އާންމު ރައްޔިތަކު ދެއްކި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އުފެދިފައިވާ ބަހުސްގެ ތެއަށް ވަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ވިލިމާލެއަކީ ކޮންކްރީޓް ޖަންގަޔަކަށްވިޔަ ދީގެން ނުވާނެ ކަމަށެވެ. 

"ވިލިމާލޭގައި އުޅޭ ގިނަ މީހުން ބޭނުން ވަނީ ގަސްތައް ކަނޑާފައި ފްލެޓް އަޅަން. މިވީހާ ތަނަށް ވިލިމާލެ ރައްޔިތުންނަށް އެއްވެސް ކަމެއް ސަރުކާރުތަކުން ކޮށްދީފައިނުވާ ކަމަށް މީ" ރޭގެ ޖަލްސާގައި ވިލިމާލޭ ރައްޔިތަކު ބުންޏެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، މި ސަރުކާރުން ވަނީ ވިލިމާލޭގައި ހައުސިން މަޝްރޫއުއެއް ހިންގަން ބޭންކް އޮފް މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.

ފްލެޓް މަޝްރޫއުގެ އިތުރުން ވިލިމާލޭގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ވެސް މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. 

ތިމާވެށީގެ ހައްގުގައި މަސައްކަތް ކުރާ "ސޭވް މޯލްޑިވްސް" އިން މީގެ ކުރިން އާންމުކުރި ސިޓީއެއްގައި ވަނީ ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީކުރާ އެ ހޮސްޕިޓަލް އެޅުމަށް 50 އަށްވުރެ ގިނަ ގަސް ހުރި ސަރަހައްދެއް ކަނޑައަޅާފައިވާތީވެ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާއި ގުޅިގެން ގަސްތައް ކަނޑަންޖެހޭތީ، ވިލިމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓް ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަން ވެސް ސަރުކާރުން ވަނީ މިފަހުން ނިންމައިފަ އެވެ.

ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި، ހައުސިން ޔުނިޓު އަޅަން ނިންމާފައިވާތީ، އެކަން ހުއްޓުވަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް މިފަހުން ހުށަހެޅި އެވެ. ސަރުކާރު ޖަވާބުދާރީކޮށް، ގާނޫނުގައިވާ ގޮތަށް ވިލިމާލޭގެ ފުނަވަލުގެ ގަސްތައް ހިމާޔަތްކޮށް ދަމަހައްޓައި، ރައްޔިތުންގެ އާންމު މަސްލަހަތުގެ ދިފާއުގައި، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ހުމައިދާ އަބްދުލް ޣަފޫރާއި އަހުމަދު އިކުރާމް އެވެ. މި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;