މި ތާރީހީ ދަތުރުގައި އުމްރާވެރިން ގޮވައިގެން ޖިއްދާއަށް ދަތުރުކުރީ މޯލްޑިއަން ފްލީޓްގައި ހިމެނޭ އޭ330 މަރުކާގެ ބޯޓެކެވެ.
ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގަން އެއާޕޯޓުން ސީދާ ޖިއްދާއަށް އުމްރާ ފްލައިޓެއް ފުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ތާރީހީ ދަތުރުގައި އައްޑޫ ސީޓީން އުމްރާއަށް ދިޔަ އުމްރާވެރިން ބޯޓަށް އަރަނީ
އައްޑޫ ސިޓީ އުމްރާއަށް މީހުން ގޮވައިގެން ކުރާ ދަތުރަކީ ދިވެހިން ހައްޖާއި އުމްރާއަށް ގެންދާ ޖަމާއަތެއްކަމަށްވާ ދަތުރުވެރިޔާ އިން ބާއްވާ ދަތުރެކެވެ. އެ ޖަމައަތުގެ ހަވާލުގައި މި ދަތުރުވައި އައްޑޫ ސިޓީން 260 މީހަކު ވަނީ އުމްރާއަށް ގޮސްފައެވެ.
މި ދަތުރުގެ ބައިވެރިންނަށް މޯލްޑިވިއަންގެ ފަރާތުން ވަނީ ހާއްސަ ހަދިޔާތަކެއް ވެސް ދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;