ވަކި ޕާޓީއަކާއި ސްކޫލެއްގެ ނަން ނުބުނެ ފުލުހުން ފުރަތަމަ ރޭ ބުނީ ހޮނިހިރު ދުވަހުގެ ރޭ 9:15 ހާއިރު ބަޔަކު އެ ސްކޫލަށް ވަދެ، ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެއާއެކު، މިދިޔަ ހޮނިހިރު ދުވަހު ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ.
އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ ދެ މީހުންނެވެ. އެއީ 23 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭގައި ޕީއެންސީގެ ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވެއެވެ.
އެ ވަގުތު އެތަނުގައި ތިބި ފުލުހުން މަސްލަހަތު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަނުޖެހުންތައް މައިތިރި ނުވެ ގިނަ އިރުތަކަކަށް ދެމިގެން ގޮސްފައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;